







ޓެކްނިކަލް މައްސަލައެއް ދިމާވެ، މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.
މި މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުން އަންނަކަން ފާޖަގަކޮށްފައިވާއިރު، މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރުވަނީ ކަރަންޓުގެ ޚިދުމަތް ދީފައެވެ.
ސްޓެލްކޯ އިން ވަނީ މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.





