

.jpg?w=3840&q=75)






އެމްޓީއެޗްޖީގެ ގަވަނިން ބޯޑުގެ ޗެއާޕާސަނަކަށް ސިއްހީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އަބްދުލްއަޒީޒު ޔޫސުފް ހަމަޖައްސަވައިފިއެވެ.
ޑރ. އަޒީޒަކީ އެމްސީޖީއެޗް އުވާލިއިރު، އެ ގްރޫޕުގެ ވެސް ޗެއާޕާސަންކަމުގެ މަގާމު ވެސް ފުރުއްވި ފަރާތެވެ. އަދި އެމްޓީއެޗްޖީގެ ވައިސް ޗެއާޕާސަނަކަށް އައްޔަންކުރައްވާފައިވަނީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހުސައިން ހަލީމް (ކުންނާރުގެ، ގދ. ތިނަދޫ) އެވެ.
މީގެ އިތުރުން، ފަންނީ ތަޖުރިބާކާރުންގެ ގޮތުގައި ޕްރައިމަރީ ހެލްތުކެއާގެ ތަޖުރިބާކާރު ނަޔާޒު އަހްމަދު (ނޯތުވޭ، ޅ. ހިންނަވަރު) އާއި، ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރު ޑރ. މަރްޔަމް ޖެނިފާ (އޭޑީރީޑް، ސ. ފޭދޫ) އަދި ނާސިން ދާއިރާގެ ތަޖުރިބާކާރު ފާތިމަތު އާފިޔާ ވަހީދު (ދަފްތަރު ނަންބަރު ރސ 13524) މި ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.
ސަރުކާރުގެ ވުޒާރާތަކުން މި ބޯޑު ތަމްސީލުކުރައްވަނީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން ތަސްލީމާ (ގ. ދޮންބަގީޗާގެ) އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ފަރާތުން އާދަމް ބަދުރުﷲ (ކަރަންކާވިލާ، ށ. މާއުނގޫދޫ) އެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ވެސް ވަނީ މި ބޯޑަށް މެމްބަރުން އައްޔަންކުރައްވާފައެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް (މ. ރަނިކަ) އާއި، އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރު ޑރ. އިބްރާހީމް ޔާސިރު އަހްމަދު (މއ. ވެނީލާގެ) އާއި، ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް ކަމަށްވާ މޫސާ ކަލީމް ގާސިމް (ރިހާބު، އދ. މަހިބަދޫ) އާއި، ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މަބްރޫކް (ހިކިފިނިފެންމާގެ، އއ. ތޮއްޑޫ) އަދި އެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް ކަމަށްވާ އާލިމް ޝަކީލް (ސިޔާމާމަންޒިލް، އއ. ފެރިދޫ) ވަނީ އައްޔަން ކުރައްވާފައެވެ.
އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ އިސްވެރިންގެ ތެރެއިން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ އަލީ (މޫންފްލެޓް، ހދ. ކުޅުދުއްފުށި) އާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އަހްމަދު އަދީލް ނަސީރު (ސްޓާރްސް، ސ. ހިތަދޫ) އާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ ހުސައިން އާސިފް (ވައިލެޓްވިލާ، ރ. އުނގޫފާރު) އާއި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ އަހްމަދު އަޝްރަފް (ސޯސަންގެ، ގދ. ތިނަދޫ) އާއި، ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަބްދުލްހަންނާން އަބްދުއްރަހީމް (މުކުރިމަގު، ވައިނުޖެހޭގެ، ލ. ގަން) އަދި ފުވައްމުލަކު ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ ފަތުހުﷲ ނަސީމް (އެވިސީނާ، ސ. މީދޫ) އެވެ.
އެމްޓީއެޗްޖީގެ ގަވަނިން ބޯޑުން ބަލަހައްޓަމުން ގެންދާނީ ޖުމްލަ 12 ތަނެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމް) އާއި، ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލާއި، މޯލްޑިވިއަން ބްލަޑް ސާވިސަސް އަދި އެ ސާވިސަސްގެ ދަށުން ހިނގަމުންދާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރެވެ. އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ގަން ރީޖަނަލް ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލްވެސް ހިނގަމުންދާނީ މި ބޯޑުގެ ދަށުންނެވެ.


.jpg?w=3840&q=75)



.jpg?w=3840&q=75)

