.jpeg?w=3840&q=75)







.jpeg?w=3840&q=75)
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުން ކާނާގެ ޔަޤީންކަން ސިޔާސަތަށް އެހީތެރިވެދޭނެ ކަމުގައި މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ ސިޓީ މީދޫގައި ހުންނަވާ ޕީއެސްއެމް އަށް ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ޙަވާލުވެވަޑައިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ކަމަށެވެ.
ވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުން ވަރަށް ބޮޑަށް މިސަރުކާރުގެ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމުގެ ޕްރޮގްރާމަށް އެހީތެރިވެދޭނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 20 ނާސަރީ އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، މީގެ ފުރަތަމަ ނާސަރީ ޤާއިމްވެގެންދަނީ އައްޑޫ މީދޫގައިކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރާއްޖޭގެ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތަށް މީދޫގެ ދަނޑުވެރިންގެ ހިއްސާ ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުގައި ދަނޑުވެރިކަން ފުޅާކުރުމަށް ވަކިވަކި ރަށްރަށާއިއެކު އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ކައުންސިލުތަކުން ތަމްރީން ޕްރޮގްރާމްތައް ހިންގަން ބޭނުންވާނަމަ އެކަމަށްވެސް ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވެސް ވިދާޅުވިއެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)

