







އާރްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ނަޒީމް- ފޮޓޯ: ޕީއެސްއެމް
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ނަޒީމް ވަކިކޮށް، އެކްޓިންގް މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގް ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނީ މި ބަދަލު ގެނެސްފައިވަނީ އިއްޔެ ކަމަށެވެ.
އާރްޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އަދި މިއީ މަޝްރޫއުތައް އަވަސްކޮށް، ކުންފުނި ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އެޅިގެންދާ ފިޔަވަޅެއްކަމަށްވެސް ރައީސް ފާހަގަކޮށްފައިވެ އެވެ.
މިހާރުވެސް އާރްޑީސީން ހިންގަމުންދިޔަ މަގުހެދުމުގެ މަޝްރޫއުތަކާއި ސިއްހީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދަނީ އެމްޓީސީސީއަށް ބަދަލުކުރަމުންނެވެ.
ދެ ކުންފުނި މާރޖް ކުރުމުގެ ތެރެއިން އާރްޑީސީގެ 4000 ވަރަކަށް މުވައްޒަފުން އެމްޓީސީސީގެ ދަށަށް ބަދަލުވެގެން ދާނެ އެވެ.






