


.jpg?w=3840&q=75)



.jpeg?w=3840&q=75)

މިހާރު ރާއްޖޭން އެކްސްޕޯޓްކުރާ މަސް އެއްވެސް ވަރަަކަށް ރިޖެކްޓްނުވާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.ވަޒީރު މިފަދައިން ވިދާޅުވީ، ޕީއެސްއެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "އަހާ" ފޯރަމުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، އެކްސްޕޯޓްކުރާ މަސް ރިޖެކްޓްވާ މައްސަލައަކީ ޒަމާންވީ މައްސަލައެއް ކަމަށެވެ.
މީގެ ކުރިއަށް ބަލާއިރު، ރާއްޖެއިން ރޯ މަހުގެ ގޮތުގައި ބޭރުގެ ބާޒާރަށް އެކްސްޕޯޓު ކުރާ މަހުގެ ތެރެއިން ބައެއް، ބަލައިނުގަނެ ރިޖެކްޓްވަމުން ދިޔައެވެ.
އެކަމާ ގުޅޭ ގޮތުން އަހާ ފޯރަމްގައި ބައިވެރިޔަކު ކުރި ސުވާލަށް ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ ކަމަށާއި މިމައްސަލައަކީ މިފްކޯއިން އެކްސްޕޯޓު ކުރާ މަހާ ގުޅުވައި ފެންމަތިވި މައްސަލައެއް ކަމަށެވެ.ވަޒީރު ވިދާޅުވީ މީގެ ކުރިން، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު، ރާއްޖޭން އެކްސްޕޯޓްކުރާ މަސް އާންމުކޮށް ރިޖެކްޓްވާ މިންވަރަށް ވުރެ އިތުރަށް ރިޖެކްޓްވަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ.
އަންދާޒާއެއްގެ ގޮތުން ގާތްގަނޑަކަށް ޝިޕްމެންޓްތަކުގެ 10 އިންސައްތަ ނުވަތަ 12 އިންސައްތަ ރިޖެކްޓްވި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.މެންބަރުކަމުގެ ދުވަސްވަރު ހިނގަމުންދިޔަ މިކަން މިގޮތުގައި، ހިންގަމުންދިޔައިރު، އޭރުވެސް މިކަމުގައި ގޯސްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވުނު ކަމަށްވަޒީރު ޝީޔާމް ވިދާޅުވިއެވެ. އެކަން އޭރު އޮތީ ގިނަ ސަބަބުތައް މެދުވެރިވެގެން ހައްލުނުވެއެވެ.
ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މި ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން މިކަން ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި މައްސަލައަށް އެދެވޭ ހައްލެއް ހޯދިއްޖެ ކަމަށަ ވަޒީރު ވިދާޅުވިއެވެ. މިމައްސަލައަކީ ޒަމާންވީ މައްސަލައަކަށްވެފައި މިކަމުގެ ތެރޭގައި ބޮޑެތި ނެޓްވޯކްތަކެއް ހުރުމުން އެކަން ރަނގަޅު ކުރާނަމަ، ދިވެހިން މިކަމުގައި ތެދުވެރިވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.ވަޒީރު ވަނީ މިހާރު ރާއްޖެއިން އެއްވެސް ވަރަކަށް މަސް ރިޖެކްޓްވާނެ ގޮތަށް މަސް އެކްސްޕޯޓު ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް، ވަޒީރު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ، ސިނާއަތަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރާނަމަ، މިފްކޯގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ބެލުމެއް ނެތި ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ބޮޑެތި ގެއްލުންވެގެން ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެން ނަމަވެސް މިއަދު މަސްވެރިކަމުގެ ސިނާޢަތް ހަމަމަގަށް އެޅުވުމަށް ކުރެވުނު މަސައްކަތުން ނަތީޖާ ފެންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.



.jpg?w=3840&q=75)
