






މިނިސްޓަރު ޝިޔާމް ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މަސްވެރިންނަށް ކަނޑުއޮއްގިރިންވެސް އައިސް ލިބޭނީ މިފްކޯގެ އެހެން ފެސިލިޓީތަކާއި އެއް އަގެއްގައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކަނޑުއޮއްގިރިންވެސް އައިސްލިބޭނެކަމާއި، އާންމުކޮށް ކަންނެލި މަސްވެރިން މިފްކޯއަށް މަސްކިރަނީ މިފްކޯގެ ފެސިލިޓީތަކުން ވަކިން ހާއްސަކޮށް ކަންނެލި މަސްވެރިން، މި ހިސާބުގައި އުޅޭތީ އެ ފަރާތްތަކަށް ހާއްސަކޮށްގެން މި ހިސާބުގައި ބޯޓެއް ބާއްވާފައިވާ ކަމަށެވެ.
މިފްކޯއިން ގަންނަނީ ކަންނެލީގެ ވަކި ސައިޒެއްކަން ފާހަގަކޯށް މިނިސްޓަރު ވިދާޅުވީ މިފްކޯގެ ފެސިލިޓީ ކަނޑުއޮއްގިރިންވެސް ކަންނެލި މަސްވެރިންނަށް މިހާރު ހަމަ މިފްކޯއިން އައިސްލިބޭ އަގުގައި ލިބޭނެ ކަމަށެވެ.
"އެހެންވީމާ އެކަމަކު މިފްކޯ އިން މި ގަންނަނީ ކަންނެލި ވަކި ސައިޒެއްގެ ކަންނެލި. އެކަމަކު މިފްކޯގެ ފެސިލިޓީއެއް ކަނޑުއޮއްގިރިއަކީ، ކަނޑުއޮއްގިރިއަކީ ކަންނެލި މަސްވެރިންނަށް މިހާރު އައިސް ލިބޭނެ ޔަގީނުންވެސް މިފްކޯއިން އައިސްލިބޭ އަގުގަ ހަމަ، މިފްކޯގެ އެހެން ހުރިހާ ފެސިލިޓީތަކުން އައިސްލިބޭ އަގުގައި ޔަގީނުންވެސް ކަންނެލި މަސްވެރިންނަށް މިހާރު އައިސްލިބޭނެ" މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މާލެ ސަހަރައްދުގައި އައިސްލިބުމުގައި ހުރި ދަތިތައް ފިލާފައިވާ ކަމަށެވެ. އަދި ޕްރައިވެޓް ކުންފުންޏަކުން އައިސް އެއްދުވަހު ދީފައި އަނެއް ދުވަހު ބަންދުކުރީމަ ރައްޔިތުންނަށް އުދަނގޫ ޖެހުނުނަމަވެސް، ސަރުކާރުން ދެ މަސްވެރިކަންވެސް އެއް ހަމައެއްގައި ގެންގުޅޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.




.jpeg?w=3840&q=75)

