.jpeg?w=1920&q=75)
-
އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި (އީއީޒެޑް) ޤާނޫނާ ޚިލާފަށް ޙަރަކާތްތެރިވަމުން ދިޔަ ބޭރުގެ 3 މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި 3 މަސްބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ޙަރަކާތްތެރިވަމުން ދަނިކޮށް، އޮކްޓޫބަރު 12 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު 3 މަސްބޯޓު މިހާރު މާލެ ގެނައުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި އެއަރ ކޯރގެ ވައިގެ އުޅަނދުތަކާއި ކޯސްޓްގާޑް ގުޅިގެން ދަނީ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ހުއްދަނެތި ޙަރަކާތްތެރިވާ ބޭރުގެ އުޅަނދުތައް ދެނެގަނެ، އެފަދަ އުޅަނދުތައް ހުއްޓުވުމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދަމުންނެވެ.




.jpeg?w=3840&q=75)




.jpeg?w=3840&q=75)


