



.jpeg?w=3840&q=75)




ޕްރިންސެސް ޔޫޖީނީ އަދި ފިރިމީހާ ޖެކް އަދި އެންމެ ހަގު ދަރިފުޅު
އިނގިރޭސި ޝާހީ އާއިލާގެ މެމްބަރު ޕްރިންސެސް ޔޫޖީނީ، އޭނާގެ ފިރިމީހާ ޖެކް ބްރޫކްސްބޭންކް އާއި ކައިވެނިކުރިތާ 8 އަހަރު ފުރުމުގެ މުނާސަބަތުގައި، އިންސްޓަގްރާމްގައި ޚާއްޞަ ޕޯސްޓެއް ހިއްސާކޮށްފިއެވެ.
އިއްޔެ އާންމުކުރި މި ވީޑިއޯއިން ފެނިގެންދަނީ، ޖެކް އެމީހުންގެ އެންމެ ހަގު ދަރިފުޅު، ކޮނޑުމަތީގައި ބާއްވައިގެން ހުރެ ލޯބިން ބޮލުގައި ފިރުމައިދޭ މަންޒަރެވެ.
މި ވީޑިއޯގެ ބެކްގްރައުންޑުން 'ދަ ބީޓްލްސް' ގެ މަޝްހޫރު ލަވަ "ހިއަރ ކަމްސް ދަ ސަން" އިވޭއިރު، ޔޫޖީނީގެ ކެޕްޝަންގައި ލިޔެފައިވަނީ "ކައިވެންޏަށް 8 އަހަރު ފުރުމުގެ ތަހުނިޔާއެވެ. މީގެ އިތުރުން ޖެކް އަކީ އެމީހުންގެ 3 ކުދިންނަށް ލިބުނު އެންމެ އޯގާތެރި އަދި އެންމެ ރަނގަޅު ބައްޕަ ކަމަށާއި، އެއަށްވުރެ ފުރިހަމަ ބައިވެރިއަކަށް އެދެވެން ނެތްކަމަށް ޔޫޖީނީ ފާހަގަކުރިއެވެ.

2010 ވަނަ އަހަރު ސްވިޒަލޭންޑްގެ ސްކީ ޓްރިޕަކުން ދިމާވި ޔޫޖީނީ އާއި ޖެކް ކައިވެނިކުރީ 12 އޮކްޓޯބަރ 2018 ގައި ވިންޑްސަރ ކާސަލްގެ ސެންޓް ޖޯޖްސް ޗެޕަލްގައެވެ.
މި ދެމަފިރިންނަށް މިހާރު 3 ކުދިން ލިބިފައިވާއިރު، އެއީ 2021 ގައި ލިބުނު އޮގަސްޓް، 2023 ގައި ލިބުނު އާނެސްޓްގެ އިތުރުން މިއަހަރުގެ އޮގަސްޓު 3 ގައި ލިބުނު އެޑިލޭޑް އެވެ. އެޑިލޭޑްގެ މެދު ނަން ކަމަށްވާ 'އެލިޒަބަތު' ދީފައިވަނީ ޔޫޖީނީގެ މާމަ، ކުއީން އެލިޒަބަތުގެ ހަނދާނަށް ނިސްބަތްކޮށެވެ.




.jpeg?w=3840&q=75)


.jpeg?w=3840&q=75)
