
އަންހެން ސިންގަލްސް ޗެމްޕިއަން އާމިނަތު ވިދާދު... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަަތަމަ ޑިވިޝަން އަންހެން ސިންގަލްސް ޗެމްޕިއަންކަން އާމިނަތު ވިދާދު ހޯދައިފިއެވެ.
ފައިނަލުގައި އައިޝަތު ނަހުފާ އާއި ވާދަކޮށްވިދާދު މެޗު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ. އަދި މިއީ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން އަންހެން އިވެންޓް ވިދާދު ކާމިޔާބުކުރި އަށްވަނަ ފަހަރެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް 12 ޕޮއިންޓްގެ ލީޑަކާއެކު 12-24 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިދާދް އެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 16-21 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނަހުފާ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު، މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓުގައި ވިދާދުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިފެންދިޔައިރު، މިސެޓް ވިދާދް ކާމިޔާބުކުރީ 19 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 21-06 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މީގެ އިތުރުން މިއަހަރުގެ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން އަންހެން މިކްސް ޑަބަލްސް އިވެންޓުގައި ވެސް ވިދާދް އާއި ނަހުފާ ވަނީ ވާދަކޮށްފައެވެ. ނަމަވެސް ފައިނަލުގައި އާމިނަތު ވިސާމާ އާއި އައިޝަތު ފައިނާޒްގެ ޕެއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ވިދާދް އާއި ނަހުފާގެ ޕެއާ ވަނީ ބަލިވެފައެވެ.
08 އޮކްޓޯބަރު 2026 އިން 13 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަން އަންހެން ސިންގަލްސް އިވެންޓުގައި މިއަހަރު ޖުމްލަ 53 ކުޅުންތެރިން ވާދަކުރިއިރު، މިއިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ޑަބަލް އެލިމިނޭޝަންގެ އުސޫލުންނެވެ.














.jpeg?w=3840&q=75)

