
.jpg?w=3840&q=75)

.jpg?w=3840&q=75)





.....
17 ވަނަ އޯޕަން ވޯޓާ ނެޝަނަލް ސްވިމިންގ ޗެމްޕިއަންޝިޕް 2026 ގެ 5 ކިލޯ މީޓަރު ފެތުމުން އެއްވަނަ އަލްޔާ އަޝްރަފް އަދި ޝައިމް ހުސެއިން ހޯދައިފިއެވެ.
9 އޮކްޓޯބަރު 2026 އިން 10 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުޑަގިރި ޕިކްނިކް އައިލެންޑްގައި ކުރިއަށްދިޔަ މިމުބާރާތުގެ އަންހެނުންގެ 5 ކިލޯ މީޓަރު ފެތުމުން އަލްޔާ އެއްވަނަ ހޯދިއިރު، ދެވަނަ ހޯދީ ލައިވާ ހަސަން މަނިކް އެވެ.
މީގެ އިތުރުން ފިރިހެނުންގެ 5 ކިލޯ މީޓަރު ފެތުމުން ޝައިމް ހުސެއިން އެއްވަނަ ހޯދިއިރު، ދެވަނަ ހޯދީ ޔޫސުފް ޒިޔާން ޒާހިދު އެވެ. އަދި މިއިވެންޓުން ތިންވަނަ ހޯދީ އަހުމަދު މަންހަލް އާޒިމް އެވެ.
މޯލްޑިވްސް އެކުއެޓިކްގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި މިމުބާރާތުގައި މިއަހަރު ޖުމްލަ 119 ފެތުންތެރިން ވާދަކޮށްފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހަ ކެޓަގެރީއަކަށް ބަހާލައިގެންނެވެ. އަދި މިމުބާރާތުގެ 5 ކިލޯ މީޓަރު އިވެންޓުގައި ހަތް ފެތުންތެރިއަކު ވާދަކޮށްފައިވެއެވެ.





.jpg?w=3840&q=75)

.jpg?w=3840&q=75)
