

.jpeg?w=3840&q=75)






ކޭޓް މިޑްލްޓަން އަދި ޕްރިންސެސް ޝާލޮޓް
ކޭޓް މިޑްލްޓަން އަދި އޭނާގެ 11 އަހަރުގެ ދަރިކަނބަލުން ޕްރިންސެސް ޝާލޮޓް، އާންމު ރައްޔިތުންނެކޭ އެއްފަދައިން ލަންޑަންގެ އަންޑަގްރައުންޑް ރޭލެއްގައި (ޓިއުބްގައި) ދަތުރުކުރައްވަނިކޮށް ފެނިއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މިދިޔަ ހޮނިހިރު ދުވަހު މި ދެކަނބަލުން ދަތުރުކުރެއްވީ ލަންޑަންގެ 'އެލިޒަބަތު ލައިން' ގައެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ކޭޓް އަދި ޝާލޮޓް ރޭލުގައި ތިއްބެވީ ވަރަށް އުފާވެރިކަމާއެކު ކަމަށެވެ. އަދި އެމީހުންނާ ކުރިމަތީގައި ތިބި އާންމުންނާ ވެސް ވާހަކަދައްކަވައި ހެއްދެވިކަމަށްވެސް ވެއެވެ.
އޭގެ އިތުރުން ސެކިއުރިޓީން ވެސް އެމީހުންނާއެކު ތިބި ނަމަވެސް، އެކަން މާބޮޑަށް އާންމުންނަށް ފާހަގަނުވާނެހެން، ސެކިއުރިޓީ ބަލަހައްޓާފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި ދަތުރުގައި ކޭޓް ތުރުކުރައްވައިގެން ހުންނެވީ ބާގަންޑީ ކުލައިގެ ހެދުމެކެވެ. އަދި ޝާލޮޓް ހުންނެވީ ނޭވީ ބްލޫ ކުލައިގެ ހެދުމެއްގައެވެ.
ރޭލުގައި ދަތުރުކުރި މީހަކު ބުނިގޮތުގައި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބޭފުޅާ ކުއްލިއަކަށް އާންމު ރޭލަކުން ފެނުމަކީ ލިބުނު ވަރަށް ބޮޑު ހައިރާންކަމެކެވެ.


.jpeg?w=3840&q=75)



.jpeg?w=3840&q=75)

