.jpg?w=3840&q=75)

.jpg?w=3840&q=75)






....
17 ވަނަ އޯޕަން ވޯޓާ ނެޝަނަލް ސްވިމިންގ ޗެމްޕިއަންޝިޕް 2026 ގެ 3 ކިލޯ މީޓަރު ފެތުމުން އެއްވަނަ އިބްރާހިމް ޔުއާން ޝަމީމް އަދި މަރިޔަމް އައިރާ ޝިރްނީލް ހޯދައިފިއެވެ.
9 އޮކްޓޯބަރު 2026 އިން 10 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުޑަގިރި ޕިކްނިކް އައިލެންޑްގައި ކުރިއަށްދިޔަ މިމުބާރާތުގެ އަންހެނުންގެ 3 ކިލޯ މީޓަރު ފެތުމުން އައިރާ އެއްވަނަ ހޯދިއިރު، ދެވަނަ ހޯދީ އާމިނަތު ޝިއުމް ޝިހާމް އެވެ. އަދި މިއިވެންޓުން ތިންވަނަ ހޯދީ އައިޝަތު ޒޯހާ އަބްދުﷲ ނަސީމް އެވެ.
މީގެ އިތުރުން ފިރިހެނުންގެ 5 ކިލޯ މީޓަރު ފެތުމުން ޔުއާން އެއްވަނަ ހޯދިއިރު، ދެވަނަ ހޯދީ މީކާއީލް ލައިލް އަބްދުއް އަލީމްއެވެ. އަދި މިއިވެންޓުން ތިންވަނަ ހޯދީ އިސްމާއިލް ޒިވާން މުހައްމަދު އެވެ.
މޯލްޑިވްސް އެކުއެޓިކްގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި މިމުބާރާތުގައި މިއަހަރު ޖުމްލަ 119 ފެތުންތެރިން ވާދަކޮށްފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހަ ކެޓަގެރީއަކަށް ބަހާލައިގެންނެވެ. އަދި މިމުބާރާތުގެ 3 ކިލޯ މީޓަރު އިވެންޓުގައި 17 ފެތުންތެރިއަކު ވާދަކޮށްފައިވެއެވެ.




.jpg?w=3840&q=75)

.jpg?w=3840&q=75)

