


.jpeg?w=3840&q=75)





ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ސ. ހުޅުދޫ ބަގީޗާގޭ އަހްމަދު ޝަފްނީޒް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ފާސްކޮށްފިއެވެ.
އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ވަނީ ތިން ބޭފުޅެއްގެ ނަން ފޮނުއްވާފައެވެ. އެއީ އަހްމަދު ޝަފްނީޒް ބަކީޗާގެ ސ. ހުޅުދޫ، އަހުމަދު މައުސޫމް ވ. މިއަރެސް އަދި މަރިޔަމް ޖައިދާ ކަނދުގަސްދޮށުގެ ކ. ދިއްފުށި އެވެ.
މ މައްސަލަ ދިރާސާކުރުމުގެ ތެރެއިން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއުކޮށްފައިވާއިރު، މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ ގޮތުގެމަތިން 75 ޕަސެންޓް މަތިން މާކްސް ލިބުނީ ޝަފްނީޒް އަށެވެ. އެއީ 96.20 ޕަސެންޓް މާކްސްއެވެ.
އެހެންކަމުން އެ މަގާމަށް ޝަފްނީޒް އައްޔަންކުރަން ފާސްކޮށް، އެ މައްސަލަ ދިރާސާކުރި ރިޕޯޓް، ކޮމިޓީން ވަނީ މަޖިލިސް ތަޅުމަށް ފޮނުވާފައެވެ.



.jpeg?w=3840&q=75)
