


.jpeg?w=3840&q=75)





ފިލްމު "ދްރިޝްޔަމް 3" ގެ ޑައިރެކްޓަރ އަބީޝެކް ޕާތަކް: އޭނާ ބުނާގޮތުން، މި ފިލްމުގެ ކްލައިމެކްސް ވެގެންދާނީ ބެލުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ސަޕްރައިޒަކަށް
ކާމިޔާބު ފްރެންޗައިޒް "ދްރިޝްޔަމް" ގެ ތިންވަނަ އަދި އެންމެ ފަހު ބައި ކަމަށްވާ "ދްރިޝްޔަމް: ދަ ކޮންކްލޫޝަން" ގެ ކްލައިމެކްސް އާ ގުޅޭގޮތުން ޑައިރެކްޓަރ އަބީޝެކް ޕާތަކް ޚާއްޞަ ވާހަކަތަކެއް ހިއްސާކޮށްފިއެވެ.
އިންޑިއާގެ ނޫހަކަށް އިންޓަވިއުއެއްގައި އަބީޝެކް ބުނީ، ސަސްޕެންސް އަދި ތްރިލަރ ފިލްމެއްގެ ކްލައިމެކްސް އެންމެ ފުރިހަމައަށް ނުގެނެސްދެވިއްޖެނަމަ، ފިލްމުގެ ފުރަތަމަ ކޮޅުން ފެށިގެން ބިނާކުރަމުން އަންނަ މުޅި ވާހަކައާއި ފޯރި އެއްކޮށް ހަރާބުވެގެންދާނެ ކަމަށެވެ.
އެހެންކަމުން، "ދްރިޝްޔަމް 3" ގެ މައިގަނޑު ވާހަކަ އަދި ކްލައިމެކްސް ރާވަން ގާތްގަނޑަކަށް އެއް އަހަރު ދުވަސް ނެގި ކަމަށާއި، އަދި އޭގެ ސްކްރީންޕްލޭ ފުރިހަމަކުރަން އިތުރު އެއް އަހަރު ހޭދަކުރިކަމަށް އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން، މިއީ މޯހަންލާލްގެ މަލަޔާލަމް ފިލްމުގެ ސީދާ ކޮޕީއެއް ނޫން ކަމަށާއި، އަޖޭ ދޭވްގަން ލީޑު ރޯލުން ފެންނަ މި ހިންދީ ވާޝަން ގެނެސްދީފައިވަނީ އަމިއްލަ ތަފާތު ވާހަކައަކާއެކު ކަމަށްވެސް އަބީޝެކް ވަނީ ކަށަވަރުކޮށްދީފައެވެ.
އަދި ފިލްމުގެ އެންމެ ފަހު 30 މިނެޓުގައި ގެނެސްދޭ ބޮޑު ޓްވިސްޓާއެކު ބެލުންތެރިން ވަރަށް ބޮޑަށް ސިއްސުވާލާނެކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދީފައެވެ.



.jpeg?w=3840&q=75)
