


.jpeg?w=3840&q=75)





-
މަގުމަތީގެ އަމާންކަން ގެއްލޭގޮތަށާއި ޢާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ކުށުގެ ރެކޯޑް އޮންނަ މީހުން ޕްރޮފައިލްކޮށް، ފުލުހަށް ހާޒިރުކޮށް ނަޞޭޙަތްތެރިވެ އިންޒާރު ދިނުމަށް ފަށާފައިވާ ޚާއްޞަ މަސައްކަތުގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 4 މީހަކު ފުލުހަށް ހާޒިރުކޮށްފިއެވެ.
މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިސްނަގައިގެން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން، ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ފުލުހަށް ހާޒިރުކޮށް އެފަދަ ޢަމަލުތައް ނުކުރުމަށް ނަޞޭޙަތްތެރިވުމާއެކު، އެފަދަ ކަންކަން ތަކުރާރުކޮށްފިނަމަ ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ފަހު އިންޒާރު ދަނީ ދެމުންނެވެ. މި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މީހަކު ހާޒިރުކޮށް ނަޞޭޙަތްދީފައިވަނީ އިއްޔެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފުލުހަށް ހާޒިރުކޮށް ނަޞޭޙަތާއި އިންޒާރު ދީފައިވަނީ 18 އަހަރާއި 20 އަހަރުގެ ދެ ޒުވާނުންގެ އިތުރުން 22 އަހަރުގެ ދިވެހި ފިރިހެނުންތަކަކަށެވެ. އެ ފަރާތްތަކުގެ ކުށުގެ ރެކޯޑުތަކުގެ ތަފްޞީލު:
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް ހުއްޓުމެއްނެތި ކުރިއަށްދާނެއެވެ. އަދި މިފަދަ ޢަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ހަރުކަށިކަމާއެކު އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.



.jpeg?w=3840&q=75)




