




.jpeg?w=3840&q=75)


.jpeg?w=1920&q=75)
ލަވަކިޔުންތެރިޔާ ހީރް، "ސައިޑް ހީރޯސް" އިން އެކްޓިންގ އަށް!
އާމިރް ޚާންގެ ފިލްމު "ބަޓްވާރާ 1947" އާއި ރާމް ޗަރަންގެ ފިލްމު "ޕެއްޑީ" ފަދަ ފިލްމުތަކަށް ލަވަކިޔައިދީފައިވާ މަޝްހޫރު ޕްލޭބެކް ލަވަކިޔުންތެރިޔާ ހީރް، އެކްޓިންގ ދާއިރާއަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހީރް އެކްޓިންގ އަށް ތަޢާރަފުވާނީ އިމްތިއާޒް އަލީ އަދި މަހާވީރް ޖެއިން ޕްރޮޑިއުސްކުރާ ފިލްމު "ސައިޑް ހީރޯސް" އިންނެވެ.
މި ފިލްމުގައި ހީރްގެ އިތުރުން ވަރުން ޝަރުމާ، އަބީޝެކް ބެނަރްޖީ އަދި އަޕަރްޝަކްތީ ޚުރާނާ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
ސަންޖޭ ޓްރިޕާތީ ޑައިރެކްޓްކުރާ މި ފިލްމަކީ އެކުވެރިކަމުގެ މައްޗަށް ބިނާކޮށް އުފައްދާ މަޖާ ފިލްމެކެވެ.
ރިޕޯޓުތައް ބުނާގޮތުން، މި ފިލްމުގައި ހީރް ކުޅޭ ކެރެކްޓަރަކީ ވެސް ލަވަކިޔުންތެރިއަކަށް ވާތީ، އަސްލު ލަވަކިޔުންތެރިއަކު އެ ރޯލަށް ނެގުމުން ކެރެކްޓަރަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
ބިހާރުގައި ޝޫޓްކުރާ މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފްރެންޑްޝިޕް ޑޭ ގައެވެ.




