

.jpeg?w=3840&q=75)






-
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ އަސާސީ މުދާ މެދުކެނޑުމެއްނެތި ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އަސާސީ ބާވަތްތަކުގެ ލިސްޓު 26 ބާވަތުން 80 ބާވަތަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، އެ ހުރިހާ ބާވަތްތަކެއް އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރަން ފަށައިފިއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް އެސްޓީއޯއިން ކަނޑައަޅާ ހެޔޮ އަގުތަކެއްގައި މި ބާވަތްތައް ޢާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެ ކުންފުނިން ދަނީ ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
އެގޮތުން، އަތޮޅުތަކުގެ އެކި ރަށްރަށުގައި އެސްޓީއޯގެ ރޭޓުގައި މުދާ ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާނެ އޭޖެންޓުންގެ ލިސްޓު އެ ކުންފުނިން މިހާރު ވަނީ ޢާންމުކޮށްފައެވެ.
އަތޮޅުތަކަށް މި މުދާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެސްޓީއޯއިން ސީދާ ރަށްރަށުގައި މުދާ ވިއްކުމުގެ އިތުރުން، ރަށްރަށުގެ އަމިއްލަ ފިހާރަތަކަށް ހޯލްސޭލްކޮށް މުދާ ދޫކޮށް، އެ ވިޔަފާރިތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުންނެވެ. މި އިންތިޒާމުގެ ސަބަބުން ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ލިބި، އިޤްތިޞާދީ ގޮތުން ބާރުވެރިވެގެންދާނެއެވެ.
އަލަށް ކަނޑައެޅުނު އަސާސީ 80 ބާވަތުގެ ތެރޭގައި ހިމެނެނީ:
މި އައު ނިޒާމާއެކު، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ ބާޒާރަށް އަންނަ ލޮޅުންތަކާއެކުވެސް ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ މުދާ ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުވެގެންދާނެއެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތަކަށް ލުއި ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ.


.jpeg?w=3840&q=75)





