


.jpeg?w=3840&q=75)



-
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގެ ވަގުތުގެ ގޮތުގައި ޖުމްލަ 2 ގަޑިއިރު ކަނޑައަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އިދިކޮޅު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ 13 މެންބަރުންގެ ސޮޔާއެކު މި މަހުގެ 1 ވަނަ ދުވަހުއެވެ.
މައްސަލަ ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ވަޒީރު ހަވާލުވެވަޑައިގެންފައިވާ މަސްއޫލިއްޔަތުތަކާ ޚިލާފުވެފައިވާ ކަމަށާއި، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެއެވެ.
މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މި މައްސަލައިގައި ބަހުސް ކުރުމަށް ފާސްކޮށްފައިވާ ގޮތުގެ ތަފްޞީލު ވަނީ ހާމަކޮށްފައެވެ. އެގޮތުން:
މި ދައުރުގެ ތެރޭގައި ދައުލަތުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކެއް އެމްޑީޕީގެ ޕީޖީން މީގެ ކުރިންވެސް މަޖިލީހަށް ހުށަހަޅާފައިވެއެވެ. ނަމަވެސް އެ މައްސަލަތަކުގައި މަޖިލީހުން ނިންމާފައިވަނީ އެ ވަޒީރުންނަށް އިތުބާރު އޮތް ކަމަށެވެ.



.jpeg?w=3840&q=75)


.jpg?w=3840&q=75)
