

.jpeg?w=3840&q=75)



.jpeg?w=3840&q=75)

.jpeg?w=1920&q=75)
ޝާހްރުކް އާއި ކަރީނާ
ބޮލީވުޑްގެ ކާމިޔާބު އެކްޓަރ ޝާހްރުކް ޚާންގެ ކުރިއަށް އޮތް ބޮޑު ފިލްމު "ކިންގް" ގައި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ ޚާއްޞަ ފެނިލުމެއް ހިމެނޭކަން ކަށަވަރުވެއްޖެއެވެ.
ކަރީނާ މި ފިލްމުގައި ފެނިގެންދާނީ ވަރަށް ޚާއްޞަ ލަވަޔަކުންނެވެ.
"ޑެޑީ ކޫލް" ގެ ނަން ދީފައިވާ މި ފޯރިގަދަ ލަވައިގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ސައުތު އެފްރިކާގައެވެ.
ޝާހްރުކް އާއި ކަރީނާ އެކުގައި ފެނިގެންދާ މި ލަވައަކީ ފޭނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ސަޕްރައިޒަކަށް ވާނެކަމަށް ވަނީ ބެލެވިފައެވެ.
މީގެ ކުރިންވެސް މި ދެތަރިން ވަނީ "އަޝޯކާ"، "ކަބީ ޚުޝީ ކަބީ ޣަމް" އަދި "ރާވަން" ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތްކޮށް، ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
ގިނަ ދުވަސްތަކަކަށްފަހު މި ދެތަރިން އެކީގައި ސްކްރީނުން ފެނިގެންދިއުމަކީ ފިލްމަށް ކުރެވޭ އިންތިޒާރު އިތުރަށް ބޮޑުވާނެ ކަމެކެވެ.


.jpeg?w=3840&q=75)

