








މޫސުން
ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ވައިގެ މިސްރާބަށް ބަލާއިރު، އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 3 ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.
މޫސުން މިގޮތަށް ލަފާކޮށްފައި ވީނަމަވެސް، މި ވަގުތު މޫސުމީ އެއްވެސް ޚާއްޞަ އެލާޓެއް ނުވަތަ އެޑްވައިޒަރީއެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް، ވިއްސާރަވެ ވާރޭ ބޯކޮށް ވެހިދާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.




