.jpg?w=3840&q=75)






.jpg?w=3840&q=75)
މޯލްޑިވިއަން
ސްކޫލު ބަންދާ ދިމާކޮށް ހާއްސަ ދަތުރުތަކެއް ކުރުމަށް މޯލްޑިވިއަން އިން ނިންމައިފިއެވެ.
ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މި ދަތުރުތައް ކުރުމަށް ނިންމާފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގައެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި ދަތުރުތައް ބާއްވާނީ އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު ކަމަށެވެ. އަދި މި ދަތުރުތައް އަމާޒުކޮށްފައިވަނީ ސްކޫލު ބަންދު ދުވަސްވަރު ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ލުއިފަސޭހަކޮށްދިނުމަށް ކަމަށެވެ.
މި ދަތުރުތަކުގައި ބެގޭޖުގެ ގޮތުގައި ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ އެލަވަންސެއް ލިބޭނެއިރު، ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 530 ޑޮލަރުން ކަމަށް ވެސް ބުންޏެވެ.
.jpg?w=3840&q=75)



