


%20(1).jpg?w=3840&q=75)

.jpeg?w=3840&q=75)



-
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގްރޫޕުގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރުން ހިމެނިވަޑައިގަންނަވާ މި ވަފުދުގައި އިސްކޮށް ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
އެމަނިކުފާނުގެ އަރިހުގައި ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރުންނާއި، ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅަކީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ޒިޔާރަތުގައި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހަށް ވަޑައިގެން، އެ ޤައުމުގެ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި ތަޖުރިބާއާއި ޚިޔާލު ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.



%20(1).jpg?w=3840&q=75)



.jpg?w=3840&q=75)