

.jpg?w=3840&q=75)




.jpg?w=3840&q=75)
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ނުވަތަ ކޮންގްރެސްގައި އިންތިޚާބުކުރި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ހުވާ ކުރެއްވުމުގެ ދަރުބާރުގައި ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮންގްރެސްގެ ލީޑަރޝިޕަށް އައްޔަނުކުރެއްވި 10 ބޭފުޅުންގެ ނަން ވަނީ އިޢުލާނު ކުރައްވާފަ އެވެ.
ޕާޓީގެ ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އައްޔަނު ކުރެއްވީ ވަޒީރުންެގެ މަޖިލީހުގެ ތިން މެންބަރަކާއި ވަޒީރުންގެ ފެންވަރުގެ ތިން ބޭފުޅަކާއި ސަފީރެއްގެ އިތުރުން ކުންފުނިތަކުގެ އެމްޑީގެ ގޮތުގައި ތިއްބެވި ތިން ބޭފުޅެކެވެ.
އެ ބޭފުޅުންނަކީ:
* ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް
* ރައީސް އޮފީހުގެ މިނިސްޓަރ އަބްދުﷲ ނާސިރު
* މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު ޢަމީން
* މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ
* މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބް
* ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސް މުހައްމަދު ތަލާލް
* މާލޭ ގްރޫޕް އޮފް ހޮސްޕިޓަލިޓީސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް
* އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު
* އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް


.jpg?w=3840&q=75)


.jpg?w=3840&q=75)

