
ޖަންގްކޫކް
ބީޓީއެސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަންގްކޫކްގެ ސޯލޯ ލަވަ "ސްޓޭންޑިންގ ނެކްސްޓް ޓު ޔޫ" ޔޫޓިއުބް މިއުޒިކްގައި 500 މިލިއަން ސްޓްރީމްސް ހަމަކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މިއީ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް "ގޯލްޑަން" ގެ މައި ޓްރެކް ކަމަށްވާއިރު، މިއީ ޔޫޓިއުބް މިއުޒިކްގައި މި ކާމިޔާބީ ހޯދި އޭނާގެ ހަތަރުވަނަ ލަވައެވެ. މީގެ ކުރިން "ސެވަން"، "ތްރީޑީ" އަދި "ލެފްޓް އެންޑް ރައިޓް" ވެސް ވަނީ 500 މިލިއަނަށްވުރެ ގިނަ ސްޓްރީމްސް ހޯދާފައެވެ.
މި ލަވައަށް ދުނިޔޭގެ ބޮޑެތި މިއުޒިކް ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވެއެވެ.
އެގޮތުން ބިލްބޯޑް ހޮޓް 100 ގެ ފަސްވަނަ އަދި ޔޫކޭ ޗާޓުގެ ހަވަނަ ހޯދާފައިވާއިރު، ސްޕޮޓިފައިގައި މި ލަވަ ވަނީ 1.5 ބިލިއަން ފަހަރު ސްޓްރީމްކޮށްފައެވެ.
ޖަންގްކޫކް ދާދި ފަހުން ވަނީ ބީޓީއެސް ގްރޫޕާއެކު ލަސް ވޭގަސްގައި އޮތް އައިހާޓްރޭޑިއޯ މިއުޒިކް ފެސްޓިވަލްގައި ވެސް ލައިވްކޮށް ހުށަހަޅައިދީފައެވެ.




%20(1).jpg?w=3840&q=75)




%20(1).jpg?w=3840&q=75)

.jpeg?w=3840&q=75)
