



%20(1).jpg?w=3840&q=75)

.jpeg?w=3840&q=75)


-
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގއ. ކަނޑުހުޅުދޫއިން ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މުޙައްމަދު މަޤުޞަދު (45އ)، ލިންކިން ޕާރކް / ގއ. ކަނޑުހުޅުދޫ އަދި ޢަބްދުއްރައްޒާޤު ޙަސަން (50އ)، ފުނަމާގެ / ގއ. ކަނޑުހުޅުދޫ އެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ގެމަނަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ކަނޑުހުޅުދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަންގެ ތެރެއިން އެ ރަށުގެ ދެ ގެއެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު މަޤުޞަދުގެ ބަންދަށް 5 ދުވަސް އަދި ޢަބްދުއްރައްޒާޤު ޙަސަންގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.




%20(1).jpg?w=3840&q=75)



