



%20(1).jpg?w=3840&q=75)

.jpeg?w=3840&q=75)

.jpeg?w=1920&q=75)
20 އަހަރަށްފަހު ފިލްމު "ކިންގް" އިން ޝާހްރުކް ޚާން އަދި ރާނީ މުކަރްޖީ އެކީގައި ފެނިގެންދާނެކަން ޝާހް ޔަގީންކޮށްދީފި.
ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ޝާހްރުކް ޚާން އަދި ރާނީ މުކަރްޖީ 20 އަހަރަށްފަހު އަނެއްކާވެސް އެކީގައި ފިލްމަކުން ފެނިގެންދާނެކަން ޝާހްރުކް ޚާން ޔަގީންކޮށްދީފިއެވެ.
މި ދެތަރިން އެކީގައި ފެނިގެންދާނީ ޝާހްގެ ކުރިއަށް ނުކުންނަން އޮތް ފިލްމު "ކިންގް" އިންނެވެ.
ފިލްމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ޝާހް ބުނީ، މިއަހަރުގެ ޑިސެމްބަރު 24 ގައި ފިލްމު ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޝާހްރުކް އަދި ރާނީ އަކީ ބޮލީވުޑްގައި ވަރަށް ކާމިޔާބު ފިލްމުތަކެއް އެކީގައި ކުޅެފައިވާ، ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޖޯޑެކެވެ. މީގެ އަހަރުތަކެއް ކުރިން މި ދެތަރިން އެކީގައި ފެނިގެންދިޔަ ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ"، "ޗަލްތޭ ޗަލްތޭ"، "ވީރް ޒާރާ" އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ.
"ކިންގް" ފިލްމުން މި ދެތަރިން އެކީގައި ފެނިގެންދާނެކަން އިއުލާންކުރުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކަމަށް މަރުހަބާ ކިޔައި އުފާފާޅުކުރަމުންނެވެ.




%20(1).jpg?w=3840&q=75)