



%20(1).jpg?w=3840&q=75)

.jpeg?w=3840&q=75)


-
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން، އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) ގެ ރީޖަނަލް ޑެލިގޭޝަންގެ ވެރިޔާ އަލްފޮންސޯ ވާރދޫ ޕެރޭޒްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އައިސީއާރުސީގެ ވަފުދުން މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާއި (އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯ)، ކާރިސާތަކަށް ދުރާލައި ތައްޔާރުވުމާއި އަވަހަށް އިޖާބަދިނުމާ ގުޅޭގޮތުންނެވެ. އަދި އެންޑީއެމްއޭއާއި، އައިސީއާރުސީގެ އިތުރުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން، ޤައުމީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ޤާބިލުކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫޢުތަކަށް އައިސީއާރުސީން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް ދެ ފަރާތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މިސްޓަރ އަލްފޮންސޯ ވާރދޫ ޕެރޭޒް އިސްވެ ހުންނަވަނީ، އިންޑިއާގެ ނިއުދިއްލީގައި ހުންނަ އައިސީއާރުސީގެ ރީޖަނަލް ޑެލިގޭޝަންގައެވެ. މި ޑެލިގޭޝަނުން އިންޑިއާ، ނޭޕާލް، ބޫޓާން އަދި ދިވެހިރާއްޖެ ހިމެނޭ ސަރަޙައްދުގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދެއެވެ.




%20(1).jpg?w=3840&q=75)



