

.jpeg?w=3840&q=75)




%20(1).jpg?w=3840&q=75)

-
މަސްވެރިކަމަށް މަޝްހޫރު ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ޒަމާނީ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެއްބަސްވުމުގައި މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން 298,751 (ދެ ލައްކަ ނުވަދިހަ އަަށްހާސް ހަތްސަތޭކަ ފަންސާސް އެކެއް) ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ތ. ހިރިލަންދޫއަކީ މެދުރާއްޖެތެރޭގައި މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ވަރަށް ޚާއްޞަ ރަށެކެވެ. ޚާއްޞަކޮށް ފެންވަރު ރަނގަޅު ރިހާކުރާއި ވަޅޯމަސް އުފެއްދުމުގައި މުޅި ރާއްޖޭގައިވެސް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ރަށެކެވެ. މީގެއިތުރުން، ފަންނުވެރިކަމާއެކު މަސްދޯނިފަހަރު ބަނުމާއި، މަސްވެރިކަމަށް ބޭނުންކުރާ ލޯންޗާއި ޑިންގީ ބަނުމުގެ މަސައްކަތުގައިވެސް ހިރިލަންދޫގެ ރައްޔިތުންނަކީ ނަމޫނާ މަސައްކަތްތެރި ބައެކެވެ.
މި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރެވި ޚިދުމަތް ދޭން ފެށުމުން، ހިރިލަންދޫގެ އިތުރުން އެ ސަރަޙައްދުގެ މަސްވެރިން ބާނާ މަސް ރައްކާތެރިކަމާއެކު ގިނަ ދުވަހު ބެހެއްޓުމަށާއި، މަހުގެ ފެންވަރު ދަމަހައްޓައިގެން އެކަށީގެންވާ އަގެއް ހޯދުމަށް މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.


.jpeg?w=3840&q=75)





