



%20(1).jpg?w=3840&q=75)

.jpeg?w=3840&q=75)


-
"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ" (ސީއާރުޕީޑީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 20 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މިކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ" އަކީ 5 އެޕްރީލް 2010 ގައި ދިވެހިރާއްޖެއިން ތަޞްދީޤުކޮށްފައިވާ ސީއާރުޕީޑީ މުޢާހަދާއިން ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ޙައްޤުތައް އިތުރަށް ހަރުދަނާކޮށް، އެ މުޢާހަދާ ފުރިހަމައަށް ތަންފީޒުކުރުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި މެންބަރު ޤައުމުތައް ޒިންމާދާރުކުރެވޭނެ ނިޒާމެއް އެކަށައެޅުމަށް އެކުލަވާލާފައިވާ މުހިންމު ޕްރޮޓޮކޯލެކެވެ.
މި ޕްރޮޓޮކޯލަކީ މުޢާހަދާ ތަޞްދީޤުކޮށްފައިވާ ޤައުމުތަކުން އެބައެއްގެ އަމިއްލަ އިޚްތިޔާރުގައި ބައިވެރިވާ އެއްބަސްވުމެކެވެ. ރާއްޖެއިން 2010 ގައި މައި މުޢާހަދާ ތަޞްދީޤުކުރި ނަމަވެސް، މިހާތަނަށް މި އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް، އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އެކި ނިޒާމުތަކުގެ ދަށުން ރާއްޖެ ރިވިއުކުރުމުގެ ތެރޭގައި، މި ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަޞްދީޤުކުރުމަށް މީގެކުރިން ވަނީ ރާއްޖެއަށް ގިނަ ރިކޮމެންޑޭޝަންތަކެއް ލިބިފައެވެ.
މި އޮޕްޝަނަލް ޕްރޮޓޮކޯލްގައި، މުޢާހަދާ ތަންފީޛުކުރުން ހަރުދަނާކުރުމަށް މުހިންމު ދެ ނިޒާމެއް ކަނޑައަޅާފައިވެއެވެ:
މި ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިނަމަ، މިއީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެޅިގެންދާނެ ވަރަށް މުހިންމު ތާރީޚީ ފިޔަވަޅެކެވެ.




%20(1).jpg?w=3840&q=75)

.jpg?w=3840&q=75)

