



%20(4).jpeg?w=3840&q=75)



%20(4).jpeg?w=1920&q=75)
-
އެމެރިކާގެ މެދުދައުރުގެ (މިޑްޓާމް) އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަތުން އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ޓްރަމްޕް ވަނީ ހަނގުރާމައިގަޔާއި ސިޔާސީ މައިދާނުގައި ނާކާމިޔާބުވެފައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި އޭނާއަށް އިތުރު ބޮޑެތި ބަލިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އީރާނުގެ ޖުޑިޝަރީގެ އެންމެ އިސްވެރިޔާ ޣުލާމް-ޙުސައިން މުޙްސިނީ-އެޖެއީ ވިދާޅުވެއްޖެއެވެ.
ޓެލެގްރާމްގައި ޙިއްޞާކުރެއްވި މެސެޖެއްގައި މުޙްސިނީ-އެޖެއީ ވިދާޅުވީ، ޓްރަމްޕް ވަނީ ދެ މައިދާނުންވެސް ބަލިވެފައި ކަމަށާއި، މިހާރު ފެންނަމުން އެދަނީ އަދި ހަމައެކަނި ކުރީކޮޅުގެ ނަތީޖާތައް ކަމަށެވެ.
އަދި އޭނާއަށް ކުރިމަތިވާނެ އިތުރު ބޮޑެތި ބަލިތައް ކުރިއަށް އޮތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، "ނޮވެންބަރު 4 އަކީ އަބަދުވެސް އެމެރިކާ މީހުންނަށް ނާކާމިޔާބީއާއި ބަލީގެ ދުވަހެއް" ކަމަށް ވިދާޅުވެ، ޝަހީދުވި ސްކޫލް ކުދިންނާއި ޔުނިވަރސިޓީ ދަރިވަރުންގެ ހަނދާންތައް އޭނާ ވަނީ އައުކުރައްވާފައެވެ.
މުޙްސިނީ-އެޖެއީގެ ވާހަކައިގައި އިޝާރާތް ކުރައްވާފައިވަނީ 1979 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހު ތެހެރާންގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ވަދެ، ޑިޕްލޮމެޓުންނާއި ޢާންމު މުވައްޒަފުން ހިމެނޭހެން އެތައް އެމެރިކާ ރައްޔިތުން ބަންދުކޮށް ރަހީނުކުރި "އީރާން ހޮސްޓެޖް ކްރައިސިސް" ގެ ތާރީޚީ ހާދިސާއަށެވެ.




%20(4).jpeg?w=3840&q=75)
%20(4).jpeg?w=3840&q=75)


