.jpg?w=3840&q=75)

.jpg?w=3840&q=75)





.jpg?w=3840&q=75)
ރައްޔިތުންގެ މަޖިލިސް- ފޮޓޯ: މަޖިލިސް
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅިއިރު، މިއަދުގެ ޖަލްސާގައި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވެ އެވެ.
ރައްޔިތުން މަޖިލީހަށް ހުށަހެޅި މި ބިލުގެ ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
ބިލުގައިވަނީ އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި، ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކް-އެބިޓްޑާގެ 25% ކަމަށް ބަލާއިރު، މިހާރު އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާއިބެހޭ ގާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށް ބިލުގައި ހިމަނާފައިވާ ކަމަށެވެ.
މި ބިލާއެކު ދައުލަތުގެ އާމްދަނީ އިތުރުވާނެކަމަށް ލަފާކޮށްފައިވެ އެވެ. މި ބިލު މި އަންނަ އަހަރުގެ 1 ޖެނުއަރީ އިން ފެށިގެން ތަންފީޒުކުރަން ނިންމާފައިވާއިރު،މި ބަދަލާއެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި އަންދާޒާކޮށްފައިވެ އެވެ.
.jpg?w=3840&q=75)

.jpg?w=3840&q=75)


.jpg?w=3840&q=75)


