
-
އެމެރިކާގައި ދިގު މުއްދަތަކަށް ރިޕަބްލިކަން ޕާޓީގެ ފުރިހަމަ ކޮންޓްރޯލް އޮތް ސްޓޭޓްތަކުގެ ގަވަރުނަރުކަމުގެ ގޮނޑިތައް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކޮށް، ފާއިތުވި 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ގަވަރުނަރުންގެ އަޣުލަބިއްޔަތު ހޯދައިފިއެވެ.
އެގޮތުން ޑިމޮކްރެޓުން ވަނީ ރިޕަބްލިކަނުންގެ ބާރުގަދަ ކިއްލާތައް ކަމަށް ބެލެވޭ ޓެކްސަސް، އޮހާޔޯ އަދި އަޔޯވާގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވާދަވެރި ސްޓޭޓެއް ކަމަށްވާ ޖޯޖިއާގެ ގަވަރުނަރުކަން ކާމިޔާބުކޮށްފައެވެ.
ޖޯޖިއާއިން ޑިމޮކްރެޓިކް ޕާޓީގެ ކީޝާ ލާންސް ބޮޓޮމްސް ހޯއްދެވި ކާމިޔާބީއާއެކު، އޭނާ ވެވަޑައިގެންފައިވަނީ އެމެރިކާގެ ތާރީޚުގައި ސްޓޭޓެއްގެ ގަވަރުނަރުކަމަށް އިންތިޚާބުވި ފުރަތަމަ ކަޅުނަސްލުގެ އަންހެން ބޭފުޅާއަށެވެ.
މި ފަހަރުގެ އިންތިޚާބުގައި ޑިމޮކްރެޓުން ވަނީ އާބާދީ ބޮޑެތި ސްޓޭޓްތަކުގެ އިތުރުން 2024 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕް ފަސޭހަކަމާއެކު ކާމިޔާބުކުރެއްވި ބައެއް ސްޓޭޓްތައްވެސް އަނބުރާލައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.
މި އިންތިޚާބާ ކުރިމަތިލިއިރު އެމެރިކާގެ 50 ސްޓޭޓުގެ ތެރެއިން 26 ސްޓޭޓުގެ ގަވަރުނަރުކަން ކޮންޓްރޯލް ކުރަމުން ދިޔައީ ރިޕަބްލިކަނުންނެވެ.
ނަމަވެސް މި ނަތީޖާއާއެކު، 2027 ވަނަ އަހަރު ފެށޭއިރު މަދުވެގެން 27 ސްޓޭޓެއްގެ ގަވަރުނަރުކަން ފުރާނީ ޑިމޮކްރެޓުންނެވެ.










%20(4).jpeg?w=3840&q=75)





