



%20(4).jpeg?w=3840&q=75)




-
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން މި ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި، ކައްކާ ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލުތަކެއް ގެންނަން ނިންމައިފި ކަމަށް މޯލްޑިވް ގޭހުން ހާމަކޮށްފިއެވެ.
މޯލްޑިވް ގޭހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، 2026 ނޮވެމްބަރު 7 ވަނަ ދުވަހުން ފެށިގެން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ގެނެވޭ ބަދަލުތަކަކީ:
މި ބަދަލާ ގުޅިގެން ގޭހުގެ އަގު ބޮޑުވެގެން ނުދާނެކަން ކަށަވަރުކޮށްދެމުން އެ ކުންފުނިން ބުނީ، ކަސްޓަމަރުންގެ އަތުން ފައިސާ ނަގަމުންދާނީ ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް، މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުން ކަމަށެވެ.
ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. އަދި އެ މަޝްރޫޢު ނިމުމުން، އެއްފަހަރާ ތިން މަސް ދުވަހުގެ ގޭސް ރައްކާކުރެވި، މިފަދަ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވް ގޭހުން ހާމަކުރެއެވެ.
މި ވަގުތީ ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މޯލްޑިވް ގޭހުން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.




%20(4).jpeg?w=3840&q=75)



