


.jpg?w=3840&q=75)





ޒުވާން ޚަތީބުންގެ ގައުމީ މަހާސިންތާ ފެށުމުގެ ތެރެއިން- ފޮޓޯ: މިނިސްޓްރީ
ޒުވާން ޚަތީބުންގެ ޤައުމީ މަހާސިންތާ ފަށައިފި އެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވައިގެން އެއް ދުވަހަށް ކުރިއަށްގެންދާ މި މަހާސިންތާގައި 300 އަށްވުރެ ގިނަ ޚާތީބުން ބައިވެރިވި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މި މަހާސިންތާއަކީ މުސްތަގުބަލުގެ ޖީލުތަކަށް އިސްލާމީ ޝިއާރު ފުޅާކުރުމަށް އިސްނައިގެން ތެދުވި ޒުވާން ޚަތީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ މަހާސިންތާ އެކެވެ.
ޒުވާން ޚަތީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ޒުވާން ޚަތީބުންގެ ތަމްރީން ނިންމައި ސެޓްފިކެޓް ހާސިލްކޮށްފައިވާ ޚަތީބުންނާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް، ނަމާދުކޮށްފައިވާ ފަރާތްތަކަށާއި، އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށްވަނީ ދީފަ އެވެ.
ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮސް ރާއްޖޭގެ އިސްލާމީ މުސްތަގުބަލު އުޖާލާކޮށް ހިމާޔަތްކުރުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއުއަކަށްވާއިރު، ޚަތީބުންގެ ޒުވާން ޖީލެއް ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީނުކޮށްފައިވެ އެވެ.



.jpg?w=3840&q=75)
