ގއ.ވިލިނގިލީގައި ސަރުކާރުން ގާއިމްކުރާ ވަޤުފް އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އެންޕަވާމެންޓް އިން ބުނެފި އެވެ.
މިނިސްޓްރީން މަސައްކަތުގެ އަދާހަމަ ހިއްސާކޮށް އެކްސްގައި ޕޯސްޓެއްކޮށްފައިވެ އެވެ.
މިނިސްޓްރީން ބުނީ ގއ. ވިލިނގިލީގައި ސަރުކާރުން ގާއިމުކުރާ ވަޤުފް މަޝްރޫއު ކުރިއަށްދާއިރު، މިހާރު ކުރިޔަށް ދަނީ، އިމާރާތުގައި ސިމެންތި ޖެހުމުގެ މަސައްކަތް ކަމަށެވެ. އަދި މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ވަޤުފް އިމާރާތުގެ އެންމެހާ މަސައްކަތްތައް ނިމޭނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ވަޤުފްގެ ދާއިރާ ފުޅާކުރުމާއި، ވަޤުފް މަޝްރޫޢުތައް ކުރިއެރުވުމުގެ ގޮތުން ކުރިިއަށްގެންދާ މަޝްރޫއުއެކެވެ.








.jpeg?w=3840&q=75)


