

.jpg?w=3840&q=75)

.png?w=3840&q=75)
.jpg?w=3840&q=75)
.png?w=3840&q=75)


މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
މި ފުރުސަތު އަލުން ހުޅުވާލާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ރެގިއުލޭޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ.ގެ ދަށުންނެވެ.
މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާއިރު، ޝަރުތުތަކުގެ ގޮތުގައި ހިމެނެނީ:
- ދިވެހި ރައްޔިތެއް ކަމުގައިވުން- ޢުމުރުން 30 އަހަރުވެފައިވުން- ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ޙާސިލްކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ޙާސިލުކޮށްފައިވާ މީހަކަށްވުން- މީޑިއާގެ މަސްޢޫލުވެރި ފަރާތެއްކަމުގައި ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުންދާ މީހަކަށް ނުވުން- ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ މީހަކަށް ނުވުން- ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން- އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން- ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވުން- ކޮމިއުނިކޭޝަނަށާއި މީޑިއާގެ ޚިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ޙިއްސާއެއް އޮތް މީހަކު ކަމުގައި ނުވުން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ރެގިއުލޭޝަންގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން އައްޔަންކުރާ މެންބަރުންގެ ދައުރުގެ ދިގުމިން 5 އަހަރުކަމަށްވާއިރު،މި ޤާނޫނުގެ ދަށުން ވިދިވިދިގެން ނުވަތަ އެ ނޫންވެސް ގޮތަކަށް 2 ދައުރަށް ވުރެ ގިނަ ދުވަހު މެމްބަރު ކަމުގައި ނުހުރެވޭނެ އެވެ.


.jpg?w=3840&q=75)

.png?w=3840&q=75)



