

.jpg?w=3840&q=75)

.png?w=3840&q=75)
.jpg?w=3840&q=75)
.png?w=3840&q=75)

.jpg?w=3840&q=75)
މިސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ގައުމުގައި ހަމަޖެހުން ގާއިމުކޮށްދިނުން ކަމުގައި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން ގެނެސްދޭ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ޤައުމުގައި ހަމަޖެހުން ގާއިމުކޮށްދިނުން ކަމަށާއި އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔާތްކޮށް ރައްކާތެރިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދަންމަވާލެއްވި ރޮނގު ހުރަސްކުރުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ނުދެއްވާކަމަށެވެ.
އަބްދުލްރަހީމް ވިދާޅުވީ ވަކި ފަރާތަކަށް ބުރަނުވާ ޚާރިޖީ ސިޔާސަތުގެ ދަށުން ހުރިހާ ގައުމަކާ ގުޅިގެން ހަމަހަމަކަމާއެކު ކުރިއަށްދާކަމަށާއި އޭގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދިފައިވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސްވަރު ވާދަވެރިން ބުނަމުންދިޔައީ ސަރުކާރަށް 6 މަސްދުވަސްވެސް ނުހިފެހެއްޓި ގައުމު ބަނގުރޫޓުވާނެކަން ފާހަގަކުރައްވާ ވިދާޅުވީ ކަންހިނގަނީ އެބީދައިން ނޫން ކަމަށެވެ.
އޭގެ ބަދަލުގައި ގައުމު ބަނގުރޫޓުވިޔަ ނުދީ، ދަރަނި ދެއްކުމަށް އިތުރު ލޯނެއް ނުނަންގަވައި، ދަރަނި އަދާކުރައްވަމުން ގެންދަވާ ކަމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް އެއްވެސް ބުރޫއެރުމެއް ނެތި ޚިދުމަތްތައް ފުރިހަމައަށް ދެމުންއަންނަކަމަށް ވިދާޅުވިއެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދެވުމަކީވެސް ބޮޑު ކާމިޔާބީއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.


.jpg?w=3840&q=75)

.png?w=3840&q=75)
.jpg?w=3840&q=75)


