.jpg?w=3840&q=75)
.png?w=3840&q=75)






.jpg?w=3840&q=75)
ނައިބު ރައީސް ޕީއެސްއެމް އަށް އިންޓަރވިއު ދެއްވަނީ- ފޮޓޯ: ރިޟުވާން
ގައުމެއް ބައްޓަމެއް ކުރެވޭނީ ޒުވާނުންގެ ހަކަތައާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިހެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ ގައުމުގެ ޒުވާނުންނަށްޓަކައި މި ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ދިވެހި ވަތަނީ ޚިދުމަތް ތައާރަފްކުރުމާއި ޒުވާން ހަތީބުންގެ ޕްރޮގްރާމް ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންނާއި އަދި ކުދި ވިޔަފާރިތައް ފެށުމަށްޓަކައި މި ސަރުކާރުން ލޯނުތައް ފޯރުކޮށްދެމުންދާ ކަމަށާއި މިފަދަ ވިޔަފާރިތަކުގެ އުފެއްދުންތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ މާކެޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިއިރު ގައުމުގެ ހާލަތު އޮތްގޮތް ކުރުކޮށް ދަންނަވާނަމަ ދެންނެވޭނީ ގައުމު އޮތީ ބަނގުރޫޓުވެފައިކަމަށެވެ. ގައުމު ޑިފޯލްޓްވެދާނެކަމުގެ ވާހަކަ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ރައްޔިތުން ދައްކަމުން ދިޔަކަމަށެވެ. ގައުމާ ހަވާލުވެ އެމަނިކުފާނު މަސައްކަތްޕުޅު ފައްޓަވަންޖެހުނީ ސުމަކުންކަމަށެވެ.
ރައީސް ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިޖްތިމާއީ ފޭރާން އޮތީ ހަލާކުވެ ޒުވާނުންގެ ކުރިމަގު ބަނަވެފައި އޮތްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މި ހަޤީގަތާއި ކުރިމަތިލައްވައި އެމަނިކުފާނުގެ މަސައްކަތް ސުމަކުން ފައްޓަވައި މިހާހިސާބަށް އައިއިރުގައި ވަރަށް ގިނަ، ބޮޑެތި މަސައްކަތްތަކެއް މި ގައުމަށްޓަކައި ރައްޔިތުންގެ މަސްލަހަތައްޓަކައި ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
.jpg?w=3840&q=75)
.png?w=3840&q=75)



.jpg?w=3840&q=75)

