

.jpeg?w=3840&q=75)





.jpeg?w=1920&q=75)
ނެޓްފްލިކްސް އިން ސެޕްޓެމްބަރު 24 ގައި ސްޓްރީމްކުރަން ފަށާ ޕަރިނީތީގެ ވެބް ސީރީޒް "ޝައްކު" ގެ ޓްރެއިލާ އާންމުކޮށްފި. މިއީ ގެއްލިފައިވާ ދަރިއަކު ހޯދުމަށް މަންމައަކު ކުރާ އިންތިޒާރު ދައްކުވައިދޭ ސީރީޒެއް
ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޕަރިނީތީ ޗޯޕްޅާ ޑިޖިޓަލް ޕްލެޓްފޯމަށް ތަޢާރަފްވާ ފުރަތަމަ ވެބް ސީރީޒް "ޝައްކު: ޓްރަސްޓް ނޯ ވަން" ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ މި މިސްޓްރީ ތްރިލާ ސީރީޒްގެ ޓްރެއިލާއިން ފެނިގެންދަނީ ގެއްލިފައިވާ ދަރިއަކު ހޯދުމަށް މަންމައަކު ކުރާ 9 އަހަރުވީ ދިގު، އަދި ހިތްދަތި އިންތިޒާރެކެވެ.
ޓްރެއިލާއިން ދައްކުވައިދޭ ގޮތުގައި، ދަރިފުޅު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ގިނަ ސިއްރުތަކެއް ފަޅާއަރައި، އެންމެ ގާތް މީހުންނާ މެދުވެސް ޝައްކުތައް އުފެދެން ފަށައެވެ. "އިތުބާރު ކުރާނީ ކާކަށް؟" މިއީ ޓްރެއިލާ ބެލުމަށްފަހު ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދޭނެ އެންމެ ބޮޑު ސުވާލެވެ.
މަންމައެއްގެ ލޯތްބާއި، ކެތްތެރިކަމާއި އަދި ޝައްކުގެ ސަބަބުން ގުޅުންތަކަށް އަންނަ ބަދަލުތައް މި ސީރީޒް އިން ވަރަށް ފުރިހަމައަށް ފެނިގެންދާނެކަން ޓްރެއިލާއިން ޔަޤީންވެއެވެ.
ރެންސިލް ޑިސިލްވާ އަދި ސިދާތު ޕީ މަލްހޯތުރާ އުފައްދާފައިވާ މި ސީރީޒްގައި ޕަރިނީތީގެ އިތުރުން ޖެނިފަރ ވިންގޭޓް، ސޯނީ ރާޒްދާން، ތާހިރު ރާޖް ބާސިން އަދި ސުމީތު ވިޔާސް ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ "ޝައްކު: ޓްރަސްޓް ނޯ ވަން" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.


.jpeg?w=3840&q=75)

