








ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ، "ޓްރެޖެޑީ ކުއީން" ގެ ނަމުން މަޝްހޫރުވެފައިވާ މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ލީޑް ރޯލުތައް ކުޅޭނެ ތަރިން ފައިނަލްވެފައިވާކަން ފިލްމު އުފައްދާ ފަރާތް ކަމަށްވާ ސިދާތު ޕީ މަލްހޯތުރާ ކަށަވަރުކޮށްދީފިއެވެ.
އެހެންނަމަވެސް، މި ފިލްމުގައި މީނާ ކުމާރީގެ ރޯލު ކުޅޭނީ ކޮން ބަތަލާއެއް ކަމެއް އަދި އެހެނިހެން މުހިންމު ރޯލުތަކުން ފެނިގެންދާނީ ކޮން ތަރިންނެއް ކަމެއް އޭނާ އަދި ހާމަކޮށްފައެއް ނުވެއެވެ.
ސިދާތު ބުނެފައިވަނީ ތަރިންގެ ނަންތައް މިވަގުތު ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، ރަނގަޅު ވަގުތު ޖެހުމުން ރަސްމީކޮށް އެކަން އިއުލާނުކުރާނެ ކަމަށެވެ.
މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހެދުމުގެ ވާހަކައަކީ ބޮލީވުޑްގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެވެމުން އަންނަ ވާހަކައެކެވެ. ސިދާތު މި ފިލްމުގެ މަސައްކަތް ފަށާފައިވާއިރު، މިއީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.








