.jpg?w=3840&q=75)






.jpg?w=3840&q=75)
ކުރު މުއްދަތެއްގެ ތެރޭގައި ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށްވުރެ މައްޗަށް އުފުލިގެން ދިޔުމަކީ، ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެއްވެސް ޕާޓީއަކުން މިހާތަނަށް ހޯދާފައިނުވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ކޮންގްރެސް ފޯރި" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޕާޓީގައި ތިބީ އެންމެ 3،022 މެންބަރުން ކަމަށެވެ. އެހެންނަމަވެސް އެ އަދަދު 77،000 އަށް ބަދަލުވީ ހަރުދަނާ އަދި ފުރިހަމަ އުސޫލުތަކަކުން ސިޔާސީ ޕާޓީއެއް ހިންގެވުމަށް އިސްނަންގަވައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުން ކަމަށެވެ. އަދި އެފަދަ މަސައްކަތްޕުޅު ކުރެއްވި އެހެން ލީޑަރަކު ސިޔާސީ މައިދާނުގެ ތަޖުރިބާއިން ފެނިވަޑައިގެންފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ކުރިއެރުމުގެ އެންމެ މުހިންމު ސިއްރަކީ ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ޕާޓީގެ އާންމު މެންބަރުންނާ ގާތުން ބައްދަލުކުރައްވާ، އެ ފަރާތްތަކުގެ އަޑު އެއްސެވުން ކަމަށާއި ޕާޓީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޒަމާނީ ވަސީލަތްތަކާއެކު ޕީއެންސީގެ ޖަގަހަތައް ގާއިމުކުރެވިގެންދާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މީގެއިތުރުން ސެޕްޓެމްބަރު 15 ގައި ފެށުމަށް ތައްޔާރުވަމުންދާ ޕާޓީގެ ކޮންގްރެސްގެ ކުރިން، ސެޕްޓެމްބަރު 14 ވަނަ ދުވަހު ޕާޓީގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި ކައުންސިލަރުންނާ ވަކިވަކިން ބައްދަލުކުރެއްވުމަށް ރައީސް މުޢިއްޒު ވަގުތު ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ވެސް ރައްޔިތުންނާ ގާތުން، މަޝްވަރާގެ އުސޫލުން ކަންކަން ނިންމެވުމަށް އެމަނިކުފާނު ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ދައްކައިދޭ ނަމޫނާއެއް ކަމަށެވެ.
.jpg?w=3840&q=75)



.jpg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpg?w=3840&q=75)