.jpeg?w=3840&q=75)




.jpg?w=3840&q=75)


އީގަލް ހިލްސްގެ އިންވެސްޓްމަންޓް ފްރޭމްވޯކްގެ ދަށުން، ދައުލަތުން އެއްވެސް މިންވަރެއްގެ ދަރަންޏެއް ނުނަގާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި އެކަނިވެސް ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން 3 ކޮޓަރީގެ 5،000 ހައުސިންގ ޔުނިޓް ތަރައްގީކޮށްދިނުން ލާޒިމްކޮށްފައިވާ ކަމަށެވެ.
ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ލިބެން ހުރި ބޯހިޔާވަހިކަން ގެއްލޭ ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެން ކުރެއްވި މި ޕޯސްޓުގައި ޝުޖާއު ވިދާޅުވީ އެފަދަ ވާހަކަތަކަކީ އެއްބަސްވުމުގެ ހަގީގީ މަންފާތައް ފޮރުވުމަށް ފަތުރާ ބުހުތާނު ދޮގުތަކެއް ކަމަށެވެ.
މީގެ އިތުރުން ރަސްމާލޭގެ ރެސިޑެންޝަލް ޔުނިޓްތައް ގަތުމުގައި ދިވެހިންނަށް އިސްކަންދޭނެކަމަށާއި ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ މަގު ފަހިވާނެ ކަން ފާހަގަކޮށް ވިދާޅުވީ މިއީ ދިވެހި އާއިލާތަކަށް ލިބޭނެ ހަގީގީ މަންފާތަކެއް ކަމަށެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1،010 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން، ދުނިޔޭގެ މުއްސަނދިންނަށް އަމާޒުކޮށްގެން އެޕާޓްމަންޓްތައް ތަރައްގީކޮށް ވިއްކުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެކަމާ ގުޅިގެން ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ހިމެނޭހެން ސިޔާސީ އެކި ލީޑަރުންނާއި، އާންމު ރައްޔިތުންވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
.jpeg?w=3840&q=75)







