







ކުުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީ އާއެކު ކޯލިޝަން ހަދަން އަދާލަތު ޕާޓީން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ މައި އޮފީހުން މިއަދު ނެރުނު ޤަރާރެއްގައެވެ.
ޢަދާލަތު ޕާޓީން ބުނީ ޕާޓީގެ މަޝްވަރާ މަޖިލީހުން މިގޮތަށް ނިންމީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެ ޕާޓީއަށް ރަސްމީކޮށް އެރުވި ދަޢުވަތަކާ ގުޅިގެން ކަމަށެވެ. އަދި އެ ދަޢުވަތުގައި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އިސްލާމްދީނުގެ ކަންކަން ހަރުދަނާކުރުމަށާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދިފާޢުކުރުމުގެ އިތުރުން އިޤްތިޞާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސިޔާސީ އެއްބާރުލުން ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އިސްލާމީ ޢަޤީދާގެ މަތީގައި ޤައުމު ތަރައްޤީކުރުމަކީ ޢަދާލަތު ޕާޓީގެ އަސާސީ މަޤްޞަދު ކަމަށްވާތީ، ޤައުމުގެ ސިޔާސީ ހަމަޖެހުމާއި އެއްބައިވަންތަކަމަށްޓަކައި މި ވަގުތު ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް އެ ޕާޓީން ދެކޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގެ ދަށުން ފާސްކުރި މި ޤަރާރުގައި ހިމެނޭ މައިގަނޑު ނިންމުންތަކަކީ:
މި ނިންމުމާ ގުޅިގެން، ދެ ޕާޓީގެ ދެމެދުގައި ވެވޭ ކޯލިޝަން އެއްބަސްވުމުގެ ޝަރުޠުތައް އެކުލަވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.








