



.jpeg?w=3840&q=75)



.jpeg?w=3840&q=75)
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން އެ ރަށުގައި ކުރިއަށްގެންދިޔަ ހާއްސަ "ކުޑަކުދިންގެ ހަވީރު" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ އިތުބާރާއި ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތަށް ރަށުގެ އާއިލާތަކާއި ކުޑަކުދިންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ކުޑަކުދިންނާއި އާއިލާތައް އަދި ފުލުހުން އެއްތަނަކުން ބައްދަލުވެ، އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ފުރުސަތު ފަހިކޮށްދިން މި ހަވީރުގައި، ކުޑަކުދިންނާ ގުޅޭ ތަފާތު މުނިފޫހިފިލުވުމުގެ ކުޅިވަރުތަކާއި ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ކާމިޔާބުކަމާއެކު ބޭއްވުމުގައި ރަށުގެ އެކި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ވަނީ ލިބިފައެވެ. އެގޮތުން ފަރެސްމާތޮޑާ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ފަރެސްމާތޮޑާ ހެލްތު ސެންޓަރާއި، ފަރެސްމާތޮޑާ އެއަރޕޯޓުގެ މުވައްޒަފުންގެ އިތުރުން ހުވަދޫ ސްކޫލުން މި ހަރަކާތަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
1968 ވަނަ އަހަރު ދިވެހިރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔާ އުފެދުމުގެ މުނާސަބަތުގައި ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 11 ވަނަ ދުވަސް ފާހަގަކުރަނީ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ.




.jpeg?w=3840&q=75)