


.jpeg?w=3840&q=75)




ތިނަދޫ ސިޓީ "މީޑިއާ ސެންޓަރު"ގެ ގޯތިތެރޭގައި ހުރި އެންޓަނާއެއް ވެއްޓި ތިނަދޫ ފެނަކަ އޮފީހަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.
ގާފަށް އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އެންޓެނާގެ މެދުން ބިންދައިގެން ގޮސް، ފެނަކަ އޮފީހުގެ ފުރާޅު މައްޗަށް ވެއްޓިގެނެވެ.
އެންޓަނާ ވެއްޓުމުގެ ސަބަބުން، ފުރާޅު ފަޅައިގެން ގޮސް، އެތަނުގެ އެތެރޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވެއެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ "ގާފު" އޮންލައިންއަށް ވިދާޅުވީ، އެންޓަނާ ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށާއި އެންޓަނާ ވެއްޓުނީ ފެނަކަ އޮފީސް ހިންގާ އިމާރާތުގެ ފުރާޅު މައްޗަށް ކަމަށެވެ. ފުރާޅު ހަލާކުވެފައިވާއިރު، ވިއްސާރަވުމުގެ ސަބަބުން، އެތަނުގެ އެތެރެއަށް ފެނުގެ އަސަރުވަނީކޮށްފައެވެ.
އެތަނުގެ ތެރޭގައި، ގިނަ އަދަދެއްގެ ލިޔެކިޔުމާއި އިލެކްޓްރޯނިކް ޑިވައިސްތަކާއި އާލާތްތައް ހުރިއިރު، ފެނުން ރައްކާތެރިކުރުމަށާއި ތަކެތި ރިކަވަރީއަށް ފެނަކައިގެ މުއައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ.
މި ހާދިސާ ހިނގި ތަނުގައި ފުލުހުންވެސް ވަނީ ހަރަކާތްތެެރިވެފައެވެ.



.jpeg?w=3840&q=75)



