.jpeg?w=3840&q=75)
ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗް ގެ ދަސްވެނިވުމުގެ ތެރެއިން
މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ ވަތަނީ ހިދުމަތުގެ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގްގެ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ 2 ވަނަ ފީލްޑް ކޭމްޕް ކަމަށްވާ "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ވަތަނީ ހިދުމަތަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ސަރުކާރުން ފަށާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ 3 ވަނަ ބެޗުގެ މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ފަށާފައިވާއިރު، މި ޕްރޮގްރާމްގެ "ކޭމްޕް ފަންވަރު" ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 2 އަދި 3 ވަނަ ދުވަހު އެވެ.
ކޭމްޕް ފަންވަރުގެ މަގްސަދަކީ ބައިވެރިން އާންމުކޮށް ތަމްރީނު ހޯދާ މާހައުލުމުގެ ބޭރުގައި، ދިރިއުޅުމުގެ އެކި ހާލަތްތަކާއި އަމިއްލައަށް ކުރިމަތިލުމުގެ ހުނަރު އަށަގެންނެވުމެވެ.
މި ކޭމްޕުގެ ތެރެއިން ކުރިއަށްގެންދިޔަ ޓީމް ބިލްޑިންގް ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި ޒިންމާދާރުކަން އަށަގަނެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެގެން ގޮސްފައިވެ އެވެ. އަދި ދަތި އުދަނގޫ ހާލަތްތަކުގައިވެސް ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި، ހަރުދަނާ އަދި ސައްހަ ނިންމުންތައް ނިންމުމުގެ ގާބިލުކަން ތަރައްގީކުރުމުގެ އަގުހުރި ފުރުސަތުތަކެއް ދަރިވަރުންނަށް ވަނީ ފަހިވެގެން ގޮސްފަ އެވެ.
ވަތަނީ ހިދުމަތުގެ ތަމްރީން ޕްރޮގްރާމުގެ ދަރިވަރުން މިހާރު ގުނަމުންދަނީ 13 ވަނަ ހަފްތާ އެވެ. ޖުމްލަ 341 ދަރިވަރުންނާއެކު ފެށި މި ބެޗުގައި 279 ފިރިހެން ދަރިވަރުންނާއި 62 އަންހެނ ދަރިވަރުން ހިމެނެ އެވެ.
މި ބެޗުގެ ދަރިވަރުން ރަސްމީކޮށް ދަސްވެނިވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)





.jpeg?w=3840&q=75)