
.jpeg?w=3840&q=75)





.jpeg?w=3840&q=75)

ގަމުގެ ހައުސިންގް ޔުނިޓްތައް
ލ.ގަމުގައި އިމާރާތްކުރަމުންދާ 100 ހައުސިންގެ ޔުނިޓް މަޝްރޫއުގެ 95.5 އިންސައްތަ މަސައްކަތް ނިމިއްޖެ އެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ އެސްޖޭ ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިހާރު ދަނީ ފިނިޝިންގްގެ މަސައްކަތަށް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ 1000 އަކަފޫޓުގެ ވަކި ގޭގެ ގޮތުގައި 100 ހައުސިން ޔުނިޓް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ކޮންމެ ހައުސިން ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެކަމަށްވެސް މިނިސްޓްރީން ފާހަގަކުރި އެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ ގަމުގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއިމުކުރާނެ ކަމަށެވެ.

.jpeg?w=3840&q=75)


