
.jpeg?w=3840&q=75)





.jpeg?w=3840&q=75)

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންވަރު އިބްރާހިމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓަށްފަހު ކުރައްވާ ދަތުރުފުޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހަފުތާގައެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
އެހެންނަމަވެސް މި ދަތުރުފުޅާ ގުޅޭ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަންނަވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންވަރުގެ ދައުވަތަކަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުންދިނުމާއި ގުޅުންހުރި އެއްބަސްވުންތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީއޯއެން) ވަނީ ބަދަލުކޮށްފައެވެ.
އެންމެ ފަހުން މެލޭޝިއާގެ ބޮޑުވަޒީރެއް ރާއްޖެއަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުއެވެ. މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބް ރަޒާގްގެ އެ ދަތުރުފުޅުގައި ވެސް ސިއްހީ ދާއިރާ އަދި އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.

.jpeg?w=3840&q=75)





.jpeg?w=3840&q=75)
