
ގދ. މަޑަވެލި
ގދ. މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓަކްޗާ، ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް އާއި އެމްޓީސީސީއާ ދެމެދު މި އެއްބަސްވުމުގައި މިއަދު ސޮއިކުރިއިރު، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާއިލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަލްފާޟިލް މުހައްމަދު ޖަމްޝީދު އެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު އަދި ނެރު ފުން ކުރުމާއި، ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމާއި، 253 މީޓަރު ބޮޑު ހިލައިގެ ބޭރު ތޮށި ޖެހުމާއި، 535 މީޓަރު ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުން އަދި 367 މީޓަރު ކުރީގެ އެއްގަމުތޮށި މަރާމާތުކުރުން ހިމެނެ އެވެ.
މީގެއިތުރުން 383 މީޓަރު އާ އެއްގަމު ތޮށި ޖެހުމާއި، 11mx11m ރޭމްޕް ހެދުމާއި، 150mx2m ކޮންކްރީޓް ޖެޓީ ހެދުމާއި، 20mx3m މީޓަރު ކޮންކްރީޓް ބްރިޖް އެޅުމާއި، 2 ނެރު ބައްތި ޖެހުމާއި، 24 މަގުބައްތި ޖެހުން އަދި ޕޭވްމަންޓް ހެދުން ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.












