

.jpeg?w=3840&q=75)




އެމްޓީސީސީ ބަސް
ތެލެސީމިއާއަށް ފަރުވާ ހޯދުމަށް ދާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އެހީތެރިއަކަށް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީއާއި ބަހުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ.
މިކަން ހާމަކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.
އެމްޓީސީސީން ބުނީ ސަރުކާރުގެ މި ނިންމުމާއި އެއްގޮތަށް މި އަންނަ އާދިއްތަ ދުވަހުން ފެށިގެން ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އެހީތެރިއަކަށް އާރްޓީއެލްގެ ފެރީ އަދި ބަހުގެ ހިދުމަތްތަކުން ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތައް އެމްޓީސީސީގެ ހޮޓްލައިން 1650 ނުވަތަ 7369221 އަށް ގުޅުވުމަށް އެދިފައިވެ އެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައިއެމްޓީސީސީގެ އަމާޒަކީ މުޖުތަމައުގެ ހުރިހާ ފަރާތްތަކަށްވެސް ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދަ އިތުބާރުހުރި ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުމެވެ.


.jpeg?w=3840&q=75)
